މީދޫއަށް ހިނިތުންވުން ގެނެސްދެއްވާށެވެ

 

މީގެ 3000 އަހަރު ކުރިން އުފެދިފައިވާ މި ރަށުގައި މީހުން ވަޒަންވެރިވެގެން ދިރިއުޅެން ފެށީއްސުރެން އަބަދުވެސް ތައުލީމަށް ލޯބިކުރާ ރަށުގެ އުމްރާނީ، އިޖްތިމާއީ ތަރަށްގީއަށް މަސައްކަތް ކުރަމުންއަންނަ ހީވާގި ދަރިފަސްކޮޅެއް ދިރިއުޅެމުން އަންނަ ރަށެކެވެ.

ދިވެހިރާއްޖެއަށް މީދޫ މަޝްހޫރު ވެފައިވަނީ ހަމައެކަނި ތައުލީމީ ބޭފުޅުން އެރަށަކަށް ނިސްބަތްވާ ރަށެއްގެ ގޮތުގައެއް ނޫނެވެ.  މީދޫ ވަނީ ދިވެހި ރާއްޖެ ދުށް އެތަކެއް އަދީބުންނަށާއި ޢާލިމުންނަށް ތައުލީމު އުގަންނައިދިން މަންމައެއްގެ ޝަރަފުވެސް ހޯދާފައެވެ.

·         ދިވެހިބަހުން ލިޔެވުނު ފުރަތަމަ ފޮތް ލިޔުއްވާފައިވެސްވަނީ މި ފަޚުރުވެރި މީދުއަށް ނިސްބަތްވާ ބޭފުޅެކެވެ.

·         ދިވެހިން މިއަދު މިދެކޭ ޕްރިންޓް މީޑިއާ ދިވެހިރާއްޖެއަށް ތަޢާރަފު ކުރެއްވި ބޭފުޅަކީވެސް މިރަށުގެ އުސްތާޒެއް ކަމަށްވާ ފަނޑިޔާރު ތަކުރުފާނުގެ ދޮންމަނިކުއެވެ.

·         އަލް އަޒުހަރު ޔުނިވާސިޓީން ޑިގްރީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކީވެސް މިރަގެ އުސްތާޒު ޝެއިޚް އަބުދުއް ރަހުމާނުއެވެ.

·         ބޭސްވެރިކަމުގެ ރޮނގުން މިހާތަނަށް ދިވެހި ބަހުން ލިޔެވުނު އެއްމެ ފުރިހަމަ ރިސާޗް ފޮތް ލިޔުއްވާފައިވަނީވެސް އަޅުގަޑުމެންގެ މިރަށުގެ ބޭފުޅެކެވެ.

·         ޑޮކްޓަރު މުނައްވަރު ލިޔުއްވި “OCEAN STATES: Archipelagic Regimes in the law of the Sea”  މި ފޮތަކީ މިހާތަނަށް ދިވެއްސަކު ލިޔެ ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަކުރެވި ޝާއިޢުކުރެވުނު ފުރަތަމަ ފޮތެވެ.

މަތީގައި ފާހަގަކުރެވިފައި އެވަނީ ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައި މީދޫ އުފެއްދި ފަޚުރުވެރި ދިވެހި ދަރިންތަކެއްގެ މަސައްކަތްތަކެވެ. މި ނޫނަސް އެކި ދާއިރާތަކުން އަޅުގަޑުމެންގެ ރަށަށް ނިސްބަތްވާ އެތަކެއް ދަރިންނެއްވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. ނަމަވެސް ހިތާމަޔަކީ ކާބަފައިން އަޅުގަޑުމެންގެ ރަށަށް ހޯއްދަވައިދެއްވާފައިވާ ފަޚުރުވެރި ހައްގު ޝަރަފު މިއަދު މަޑުމަޑުންނަމަވެސް ފޮހެވިގެންދާކަމެވެ. އަޅުގަޑުމެންގެ ރަށުގެ އިޖްތިމާޢީ ފޭރާން ބަލިކަށިވުމުގެ ސަބަބުން އަޅުގަޑުމެންގެ ރަށަށް ލިބިފައިވާ ރީތި ނަން މިދަނީ ފަނޑުވަމުންނެވެ. ކިތައްމެ މޮޅެތި މީހުން ރަށަށް އުފެދުނަސް އަދި ކިތައްމެގިނަ ޚިދުމަތްތެރިން އުފެދުނަސް އަޅުގަޑުމެންގެ ރަށް މިއަދު މިވަނީ މޮޅީގެ ސާލެއް ލެވި ހިނިތުންވުން ގެއްލިފައެވެ. ރަށުގެ ކުދިބޮޑު އެންމެންގެ ހިތްތަކުގައި ރަށާއިމެދު އޮންނަންޖެހޭ ގަދަރުކުޑަވެ، އުއްމީދުވަނީ ގެއްލިފައެވެ. މުޖުތަމައު ބައިބައިވުމުގެ ސަބަބުން ތަރަށްގީގެ ދުވެލި މަޑުޖެހެމުންގޮސް މިހާރު މިވަނީ މުޅިން ހުއްޓިފައެވެ. އެހެންކަމުން ރަށުގެ ހާލަތާއި މެދު ފަރުވާތެރި ނަޒަރަކުން ވިސްނަންވީ ދުވަސް މިއޮތްގެން ދަނީއެވެ. ރަށާއިމެދު ފުންކޮށް ވިސްނާލަށްވާށެވެ. އަހަރެމެންނަށް ފަޚްރުވެރި މުޖުތަމައެއް އަދިވެސް ބިނާކުރެވިދާނެއެވެ. ތިމާ ކުރަންޖެހޭ މަސައްކަތް އެހެންމީހުންގެ ބޮލުގައި އެޅުވުން ހުއްޓާލައިގެންނެވެ. މީދޫއަށް ހިނިތުންވުން ގެންސްދިނުމުގައި އަމިއްލައަށް ބައިވެރިވެގެންނެވެ. މީދޫއަށް ހިނިތުންވުން ގެނެސްދެއްވާށެވެ.

 

ބައިބައިވުމަކީ ނިކަމެތިވުމެކެވެ

www.meedhooweekly.com

Working for the tomorrow well all desire…

One Response to “Think again”

  1. Muhaimin Says:

    english safuhaa hadhalee mei varah sali vey heh

Leave a Reply