އޮގަސްޓް 10، 2008: ހަސަން ޝާހިދު

 

ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާ (އެޗް.އެމް.ޖޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި މީދޫ ސަންސެޓް އެފް.ސީ މަރަދޫ އާއި ބައްދަލުކޮށް 2-2 ން އެެއްވަރުވެއްޖެއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ މަރަދޫ ޓީމުން ގޯލެއްޖެހި ނަމަވެސް ސަންސެޓް ޓީމުންވެސް ގޯލު ޖަހާނެ ގިނ ފުރުސަތުތަކެއް ހޯދާފައިވެއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މަރަދޫ ޓީމުން އެމީހުންގެ ދެވަނަ ގޯލު ކާމިޔާބު ކުރިއެވެ. މި ނަތީޖާއާއެކު ސަންސެޓް ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފެށިއެވެ. ޚާއްސަކޮށް ސަންސެޓް ޓީމުގެ ޖާޒީ ނަމްބަރު 8، މިރުފާނުގެ ހަމަލާތައް ވަރަގަދަވުމުގެ ސަބަބުން މަރަދޫ ޓީމު އެއްކޮށް ފަހަތައް ޖެހެން މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ސަންސެޓް ޓީމުން މެޗް ނިމެން އެއްމެ ފަސްމިނެޓަށް ވެފައިވަނިކޮށް ދެ ގޯލު ޖަހައި 2-2 މެޗް އެއްވަރު ކުރުމެވެ. މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމު ހޯދާފައިވަނީ ސަންސެޓް ޓީމަށް 2 ގޯލު ކާމިޔާބުކޮށްދިން މިރުފާނުއެވެ. ސަންސެޓް ޓީމު ދެން މި މުބާރާތުގައި ބައްދަލުކުރާނީ މިއަދުގެ ފުރަތަމަ މެޗުން މޮޅުވި ހުޅުދޫ ބެސްޓް ސިލެކްޝަން ޓީމާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2008 ދުވަހު ހަވީރު 4:00 ގައެވެ.

އޮގަސްޓް 10، 2008: ވައިކަރަދޫލައިވް.ކޮމް

އަބުއިކަން ބޮޑު މީސްގިނަ ރީތި ދަރުބާރެކެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުގެ އަމާޒު ހުރީ އެދިމާއަކަށް ހުއްޓިފައެވެ. ކަންފަތްތަކާއި ލޯތައްވަނީ އެދިމާއަށް ސީދާކުރެވިއެވެ. ނަމަވެސް މިވާންއުޅޭ ގޮތަކާއިމެދު ވިސްނަނީ ކާކުތޯއެވެ. ތައްޔާރުވަމުން މިދަނީ ކޮންކަމެއްކުރަންތޯ ބަލާ ސުވާލުކުރީ ކާކުތޯއެވެ؟ މީލާދީ ސަނަތުން ދެހާސް އަށްވަނަ އަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހަކީ ދިވެހި ތާރީޚުގެ ތެރެއަށް ފޭދިގެން ދިޔަ ދުވަސްތަކުގެ ތެރެއިން “ކަޅު” ދުވަހެކެވެ. އެއީ ދިވެހި ރައްޔިތުން އެއްމެން ބަލަންތިއްބާމެ، ބޮޑުވެގެންވާ ޖަރީމާއެއް ކުޅަ ދުވަހެކެވެ. އާދެ، ނަލަ ރީތި ކޯޓެއް ތުރުކުރައްވައިގެން އިންނަވާ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އުވާލުމުގެ “ކުށް” ރައީސުލް ޖުމްހޫރިއްޔާ ކުރެއްވިދުވަހެވެ. އިތުރަށް ވިދާޅުވޭ

އޮގަސްޓް 10، 2008: ހަސަން ޝާހިދު

ސ.މީދޫގެ ބައެއް ދަނޑުތަކަށް އިއްޔެރޭ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން މީދޫ ވީކްލީއަށް ޚަބަރު ލިބުމާއި ގުޅިގެން މި ނޫހުގެ ރިޕޯޓަރުން އިއްޔެ ހަވީރު އެ ދަނޑުތަކަށް ޒިޔާރަތް ކުރިއެވެ. ގެއްލުން ދީފައިވާ ދެ ދަނޑަކީ ސ.މީދޫ ދޭލިޔާވިލާ އާއިލާގެ ބޭފުޅުން ހައްދަމުން ގެންދާ ދަނޑަކަށާއި، ސ.މީދޫ ކަޅިހާރު ހަސަން ދީދީ ހައްދަމުންގެންދާ ދަނޑަކަށެވެ. (more…)

އޮގަސްޓް 10، 2008: އައްޔަ

 

 

 

އެފްއޭއެމްގެ ޤަވާއިދުތަކާއި އުޞުލުތަކާއި ޚިލާފަށް ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީކެމްޕޭން ރަސްމީގޮތުން ފެއްޓުމަށްޓަކައި 2008 އޮގަސްޓް 8 ވަނަ ދުވަހުގެރޭ މާލޭ އަލިމަސްކާނިވަލުގެ ސްޓޭޖުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޤަޢުމީޓީމުގެ ނަމުގައި ބައިވެރިވި ދިވެހި ޤަޢުމީ ފުޓްބޯޅަޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅާނެކަމަށް އެފްއޭއެމްގެ ޗެއަރމަން އަލީ އާޒިމް ވިދާޅުވެއްޖެއެވެ. (more…)

އޮގަސްޓް 09، 2008: ހަސަން ޝާހިދު

ސާފް ޗެމްޕިއަންޝިޕް ތަށި މިއަދު މެންދުރުފަހު މީދޫއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް ރަށުތެރޭގައި ޚަބަރު ފެތުރިފައިވަނިކޮށް ތަށި ހިފައިގެން ހުޅުދޫއަށް އައި ޓީމު 12:31 ގައި ގަމަށް ފުރައިފިއެވެ. ސާފް ޗެމްޕިއަން ތަށި މީދޫއަށް ނުގެންގޮސް ފުރައިގެން ދިޔައީ ކީއްވެގެންކަމެއް ތަށި ހިފައިގެން އައި ޓީމުން ހާމައެއް ނުކުރެއެވެ. ރަށުތެރޭގެ ޚަބަރުތަކަށް ބަލާއިރު ތަށި މީދޫއަށް ނުގެންގޮސް ފުރައިގެންދިޔައީ މީދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތަށި ގެންދިއުމާއި ދެކޮޅުހަދާފައިވާތީއެވެ. (more…)

އޮގަސްޓް 09، 2008: ހަސަން ޝާހިދު

މީދޫ ވީކްލީ އިން ކުރިއަށް ގެންދިޔަ “ހެލްޕް ޓު އައިޝާ” ކެމްޕޭނަށް ދިވެހި އޮބްޒާވަރގެ އެޑިޓަރ އިން ޗީފް އަލްފާޟިލް އަހުމަދު މޫސާ (ސައްޕޭ) ގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު، އައިޝާގެ ބޭސްފަރުވާއަށް އެހީއެއް ހޯދުމަށް ވިލާ ގްރޫޕުގެ ޗެއާމަން އަލްފާޟިލް ޤާސިމް އިބްރާހިމް އަށް ދެންނެވި ދެންނެވުން ގަބޫލުފުޅުކުރަށްވައި އެމަނިކުފާނުގެ ދީލަތީ އެހީ އައިޝާއަށް ލިބޭގޮތަށް މިހާރުވަނީ ހަޖެހިފައެވެ. މީދޫ ވީކްލީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ވޭތުވެ ދިޔަ 4 އަހަރުގައިވެސް އައިޝާގެ ބޭސްފަރުވާއަށް އަލްފާޟިލް ގާސިމް އިބްރާހިމްވަނީ ވަރަށް ބޮޑު އެހީތެރިކަމައް ދެއްވާފައެވެ. (more…)

އޮގަސްޓް 09، 2008: އައްޔަ

ވަތަނިއްޔާގެ ހުސަވެފައިވާ 50ރ.ގެ ރީޗާޖުވައުޗާ 10 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ލިބޭވަރުވާނެ ކަމަށް ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްއިން ބުނެފި އެވެ.

ވަތަނއްޔާ ޓެލްކޮމް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ ރާއްޖެއިން ހުސްވެފައިވާ 05ރ. ގެ ރީޗާޖު ވައުޗާ 10 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށާއި 50 ރ ގެ ކާޑު ހުސްވުމަށް މެދުވެރިވި ސަބަބަކީ ލަފާކޮށްގެން ތިބިވަރަށްވުރެ ގިނަ އަދަދެއްގެ ކާޑު ކުއްލިއަކަށް ވިކުން ކަމަށެވެ. (more…)

އޮގަސްޓް 09، 2008: އައްޔަ

ރާއްޖޭގައި ފުރަތަމަފަހަރަށް wChat ގެ ޚިދުމަށް ވަތަނިއްޔާއިން މިއަދު ތައާރަފް ކޮށްފިއެވެ. ވަތަނިއްޔާގެ ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހައިން ޔާހޫއާއި އެމްއެސްއެން ބޭނުންކޮށްގެން ޗެޓްރޫމްތަކަށްވަދެ ޗެޓްކުރެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިޚިދުމަތް ހޯއްދެވުމަށް  “GO” މިހެން ޖެއްސެވުމަށްފަހު 4141″ މިނަމްބަރަށް އެސްއެސް ކުރުމުން ޖަވާބުގައި އެސްއެމްއެސްއެއް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވަތަނިއްޔާއިން ބުނެފައިވެއެވެ. ވަތަނިއްޔާއިން ރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަށް ދޭންފެށި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށްގިނަ އަޅުގަނޑުމެން ދިވެހިންގެ ހިތަށް ނުގެނެވޭހާ އާޚިދުމަތްތައްދަނީ ތަޢާރަފް ކުރަމުންނެވެ.

އޮގަސްޓް 07، 2008: ހަސަން ޝާހިދު

މިދިޔަ ޖުލައި 4-25 މީދޫ ސީނިއަރ ކުޅުންތެރިން އިސްނަގައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ސަބަބުން ރަށުގައި ފުޓްބޯޅައިގެ ފޯރިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެ މުބާރާތް ނިމުމާއެކު ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އިތުރު މުބާރާތްތަކެއް ބާއްވާނެކަމަށްވަނީ އިއުލާން ކޮށްފެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނައުޒާނާ ފްރްޝް، ވިޝް ޕޮއިންޓް އަދި ކައްޕި މާކެޓީންގއެވެ.

އެގޮތުން ކައްޕި މާކެޓިން ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ ”ސަންޓަލް ކަޕް 2008″ މުބާރާތް މާދަމާ ފެށޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވާ މި މުބާރާތުގެ މާދަމާ ބައްދަލުކުރާނީ އެފް.ސީ ސަންޓަލް  އާއި މައިސްޓާއެވެެ.

އޮގަސްޓް 08، 2008: ހަސަން ޝާހިދު

ޒަމާންތަކަކަށްފަހު ދިވެހިންނަށް ކުރިމަތިވަމުންއައި ނުއަތުރޯޅި ފައްސިޔަވަޔަށް ބަދަލުވާންފަށައިފިއެވެ. އެހެންކަމުން މިއަދަކީ ރިޔަލުގެ ދަންމާން ހެޔޮވަރުކޮށް ދަތުރަށް ތައްޔާރުވާންވީ ދުވަހެވެ. އާ ގާނޫނު އަސާސީއަކީ މި ތައްޔާރުވަމުންދާ ދަތުރުގެ މިސްރާބު ކަނޑައެޅުމަށްޓަކައި ކުރަހާފައިވާ ޗާޓެކެވެ. އެހެންކަމުން ދަތުރުގެ ޗާޓު މިހާރު މިއޮތީ ފެންނާށެވެ. މިހާރު ހޯދަން ޖެހިފައިމިވަނީ މިޗާޓާއި އެއްގޮތަށް އޮޑި ދުއްވޭނެ މާލިމީއެކެވެ.

މިއަދު ތަސްދީގު ކުރެވުނު އާ ގާނުނުއަސާސީގެ ދަށުން ދިވެހިރާއްޖެއަށް ނިޔާމަ ދަތުރަކަށް އެދެމެވެ.

« Previous PageNext Page »