ޚަބަރު


އޮގަސްޓް 09، 2008: ހަސަން ޝާހިދު

މީދޫ ވީކްލީ އިން ކުރިއަށް ގެންދިޔަ “ހެލްޕް ޓު އައިޝާ” ކެމްޕޭނަށް ދިވެހި އޮބްޒާވަރގެ އެޑިޓަރ އިން ޗީފް އަލްފާޟިލް އަހުމަދު މޫސާ (ސައްޕޭ) ގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު، އައިޝާގެ ބޭސްފަރުވާއަށް އެހީއެއް ހޯދުމަށް ވިލާ ގްރޫޕުގެ ޗެއާމަން އަލްފާޟިލް ޤާސިމް އިބްރާހިމް އަށް ދެންނެވި ދެންނެވުން ގަބޫލުފުޅުކުރަށްވައި އެމަނިކުފާނުގެ ދީލަތީ އެހީ އައިޝާއަށް ލިބޭގޮތަށް މިހާރުވަނީ ހަޖެހިފައެވެ. މީދޫ ވީކްލީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ވޭތުވެ ދިޔަ 4 އަހަރުގައިވެސް އައިޝާގެ ބޭސްފަރުވާއަށް އަލްފާޟިލް ގާސިމް އިބްރާހިމްވަނީ ވަރަށް ބޮޑު އެހީތެރިކަމައް ދެއްވާފައެވެ. (more…)

އޮގަސްޓް 09، 2008: އައްޔަ

ވަތަނިއްޔާގެ ހުސަވެފައިވާ 50ރ.ގެ ރީޗާޖުވައުޗާ 10 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ލިބޭވަރުވާނެ ކަމަށް ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްއިން ބުނެފި އެވެ.

ވަތަނއްޔާ ޓެލްކޮމް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ ރާއްޖެއިން ހުސްވެފައިވާ 05ރ. ގެ ރީޗާޖު ވައުޗާ 10 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށާއި 50 ރ ގެ ކާޑު ހުސްވުމަށް މެދުވެރިވި ސަބަބަކީ ލަފާކޮށްގެން ތިބިވަރަށްވުރެ ގިނަ އަދަދެއްގެ ކާޑު ކުއްލިއަކަށް ވިކުން ކަމަށެވެ. (more…)

އޮގަސްޓް 09، 2008: އައްޔަ

ރާއްޖޭގައި ފުރަތަމަފަހަރަށް wChat ގެ ޚިދުމަށް ވަތަނިއްޔާއިން މިއަދު ތައާރަފް ކޮށްފިއެވެ. ވަތަނިއްޔާގެ ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހައިން ޔާހޫއާއި އެމްއެސްއެން ބޭނުންކޮށްގެން ޗެޓްރޫމްތަކަށްވަދެ ޗެޓްކުރެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިޚިދުމަތް ހޯއްދެވުމަށް  “GO” މިހެން ޖެއްސެވުމަށްފަހު 4141″ މިނަމްބަރަށް އެސްއެސް ކުރުމުން ޖަވާބުގައި އެސްއެމްއެސްއެއް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވަތަނިއްޔާއިން ބުނެފައިވެއެވެ. ވަތަނިއްޔާއިން ރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަށް ދޭންފެށި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށްގިނަ އަޅުގަނޑުމެން ދިވެހިންގެ ހިތަށް ނުގެނެވޭހާ އާޚިދުމަތްތައްދަނީ ތަޢާރަފް ކުރަމުންނެވެ.

އޮގަސްޓް 07، 2008: ހަސަން ޝާހިދު

މިދިޔަ ޖުލައި 4-25 މީދޫ ސީނިއަރ ކުޅުންތެރިން އިސްނަގައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ސަބަބުން ރަށުގައި ފުޓްބޯޅައިގެ ފޯރިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެ މުބާރާތް ނިމުމާއެކު ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އިތުރު މުބާރާތްތަކެއް ބާއްވާނެކަމަށްވަނީ އިއުލާން ކޮށްފެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނައުޒާނާ ފްރްޝް، ވިޝް ޕޮއިންޓް އަދި ކައްޕި މާކެޓީންގއެވެ.

އެގޮތުން ކައްޕި މާކެޓިން ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ ”ސަންޓަލް ކަޕް 2008″ މުބާރާތް މާދަމާ ފެށޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވާ މި މުބާރާތުގެ މާދަމާ ބައްދަލުކުރާނީ އެފް.ސީ ސަންޓަލް  އާއި މައިސްޓާއެވެެ.

އޮގަސްޓް 08، 2008: ހަސަން ޝާހިދު

ޒަމާންތަކަކަށްފަހު ދިވެހިންނަށް ކުރިމަތިވަމުންއައި ނުއަތުރޯޅި ފައްސިޔަވަޔަށް ބަދަލުވާންފަށައިފިއެވެ. އެހެންކަމުން މިއަދަކީ ރިޔަލުގެ ދަންމާން ހެޔޮވަރުކޮށް ދަތުރަށް ތައްޔާރުވާންވީ ދުވަހެވެ. އާ ގާނޫނު އަސާސީއަކީ މި ތައްޔާރުވަމުންދާ ދަތުރުގެ މިސްރާބު ކަނޑައެޅުމަށްޓަކައި ކުރަހާފައިވާ ޗާޓެކެވެ. އެހެންކަމުން ދަތުރުގެ ޗާޓު މިހާރު މިއޮތީ ފެންނާށެވެ. މިހާރު ހޯދަން ޖެހިފައިމިވަނީ މިޗާޓާއި އެއްގޮތަށް އޮޑި ދުއްވޭނެ މާލިމީއެކެވެ.

މިއަދު ތަސްދީގު ކުރެވުނު އާ ގާނުނުއަސާސީގެ ދަށުން ދިވެހިރާއްޖެއަށް ނިޔާމަ ދަތުރަކަށް އެދެމެވެ.

އޮގަސްޓް 06، 2008: އައި.އެސް.އޭ

ހުޅުދޫ ސްކޫލްގައި ކިޔަވައިދެމުން ގެންދާ ވަސަންތާ ނަމަކަށްކިޔާ އިންޑިޔާ އަންހެން ޓީޗަރުގެ ފިރިމީހާ އެމީހުން އުޅޭ ގެ ހުޅުދޫ ދެތަޑިމާގެއަށް ޓިއުޝަނަށްދާ އަންހެން ކުދިންނާ ބެހި، ބަދުއަޚުލާގީ އަމަލުތަކެއް ހިންގަން މަސައްކަތް ކޮށްފައިވާކަން އެގެއަށް ޓިއުޝަނަށްދާ ބައެއް ކުދީންގެ ފަރާތުން އެނގިގެން ހުޅުދޫގެ ވަރަށްގިނަ ބަޔަކު އިއްޔެހަވީރު އިރުއޮއްސެނިކޮށް ހުޅުދޫ ސްކޫލްދޮށަށް އެއްވެ އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

މި މީހާ އެގެއަށް ޓިއުޝަނަށްދާ  ކުދީންނާ ބެހޭތާ މިހާރުދުވަސްތަކެއް ވެފައިވާކަމަށް ހުޅުދޫ ސްކޫލް ދޮށަށް އެވަގުތު އެއްވެފައިތިބި މީހުންގެ ތެރެއިން ބައެއްމީހުން ބުނަމުން ދިޔައެވެ. މިކަމާބެހޭގޮތުން ވާހަކަ ދެއްކި ހުޅުދޫ ސްކޫލްގެ ބެލެނިވެރިއަކު މިނޫހަށް މައުލޫމާތު ދެމުންބުނީ ސްކޫލުން އެމައްސަލަ ބެލި ސްޕަވައިޒަރ ބުނެފައިވާގޮތުގައި އެގެއަށް ޓިއުޝަނަށްދާ ވަރަށްގިނަ ކުދީންނާ އޭނާ އެކިގޮތްގޮތަށް ބެހި ފާޑު ފާޑުގެ ފޮޓޯ ދައްކާފައިވާކަމަށް ކުދީން ސްކޫލްގައި ބުނެފައިވާ ކަމަށެވެ. (more…)

އޮގަސްޓް 05، 2008: ހަސަން ޝާހިދު

މިއަދު އަމަލުކުރަން ފެއްޓެވި ޕޮލިސް ގާނޫނުގެ ދަށުން ދިވެހި ފުލުހުން ކުރަންޖެހޭ ހުވާ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކޮށްފިއެވެ. މިއަދު މެންދުރު 2:15 ގައި ބޭއްވުނު ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސ.ހުޅުދޫގެ ކަތީބު އަލްފާޟިލު މުޙައްމަދު ޖަމީލުއެވެ. ކީރިތި ޤުރުއާން ކިޔެވުމުން ފެއްޓި މިރަސްމިއްޔާތުގައި ހުވަޔާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ ސ.މީދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލު އަބްދުﷲ އަނީއެވެ. ފުލުހުންނަށް ހުވާލާދެއްވީ ސ.ހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަލީ ނަޒީރުއެވެ.

ސ.މީދޫ އެރިޒޯނާ ޢާއިޝަތު (10 އަހަރު ) ޓްރިވެންޑްރަމްގެ އާރުސީސީ އިން ކެންސަރުގެ ފަރުވާ ހޯދަމުން އަންނަތާ 4 އަހަރު ވެއްޖެއެވެ. އާރުސީސީ އިން އަންގަނީ އިތުރު ފަރުވާ ހޯދުމަށްޓަކައި އިންޑިޔާގެ ވެއްލޫރަށް ދިއުމަށެވެ. މިކުއްޖާގެ ބޭސްފަރުވާއަށް ގިނަ ޢަދަދެއްގެ ފައިސާ ބޭނުންވާތީ ހެޔޮއެދޭ ފަރާތްތަކުގެ އަވަސް އެހީއަކަށް އެދި ދެންނެވީމެވެ. ފައިސާ ޖަމާ ކުރައްވާނީ ތިރީގައި އެވާ އެކައުންޓަށެވެ. ޖަމާކުރާ ސްލިޕްގައި ބައި އޯޑަރ ޖެއްސެވުން އެދެމެވެ. ތިޔަ ފަރާތުން ޖަމާކުރައްވާ 1 ލާރިއަކީވެސް މިކުއްޖާއަށް ޓަކައި ދެވޭ ދީލަތި އެހީއެކެވެ.

އެހީތެރިވެދެއްވުމަށް ގުޅުއްވާނެ ނަމްބަރަކީ   0091 999 5265 127

 

Ibrahim Saeed

A/C No: 7716 302613 101

Bank of Maldives Hulhumeedhoo Branch

އޮގަސްޓް 03، 2008: ހަސަން ޝާހިދު

އެއްމެ ފަހުން އަޕްޑޭޓްކުރެވުނީ 17:05 ގައި

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ހުޅުދޫ / މީދޫއަށް ސާފް ޗެމްޕިއަންޝިޕް ތަށި ގެންނަގޮތައް ހަމަޖެހިފައިވީނަމަވެސް އަދި މިހާތަނަށް، ތަށީގެ އެއްވެސް ޚަބަރެއް މި ދެރަށަށް ލިބިފައި ނުވުމާއެކު މީދޫ ވީކްލީއިން ގެނެސްދިން ލައިވް-އަޕްޑޭޓް މިހިސާބުން ނިމުނީއެވެ. ނަމަވެސް މީދޫ އަށް ތަށިގެންނަ ރަސްމިއްޔާތުގެ ޚަބަރުތައް އަޅުގަޑުމެންނަށް ލިބުނު ވަރަކުން ގެނެސްދޭނަމެވެ.

03:57 ސާފް ޗެމްޕިއަން ތަށި ގެންނަ ލޯންޗް އަދި ހުޅުދޫ ބަނދަރަށް ނުވަންނަކަމަށް ހުޅުދޫ ޖެޓީގައި ހުންނެވި މީދޫ ވީކްލީގެ ރިޕޯޓަރު މައުލޫމާތު ދެއްވާ.

ފަސްވަނަ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކާމިޔާބު ކުރުމާއިގުޅިގެން އެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދާނެކަމަށްބުނެ ރައީސް މައުމޫނު ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން މިއަދު ހަވީރު 4 ޖަހާއިރު ހުޅުދޫ، މީދޫއަށް ތަށި އަރުވަން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ. ތަށި ފުރަތަމަ އަރުވަން ހަމަޖެހިފައިވަނީ ހުޅުދޫއަށް ކަމަށްވެސް މީދޫ ވީކްލީއަށް ވަނީ ޚަބަރު ލިބިފައެވެ. މިކަން އިތުރަށް ސާފުކުރުމަށް ހުޅުދޫ އޮފީހަށް ގުޅުމުން މިކަމާއިގުޅޭ އެއްވެސް މައުލޫމާތެއް ދިނުމަށްވަނީ އުޒުރުވެރިވެފައެވެ.

ސާފް ޗެމްޕިއަންޝިޕް ތަށި ހިފައިގެން ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރާ ދަތުރު ފެށިފައިވަނީ މިދިޔަ މަހު އެއްވަނަ ދުވަހުގައެވެ. ހ.އ އުތީމުން ފެށި މިދަތުރުގައި މިހާތަނަށް 22 ރަށަކުން ވަނީ ތަށި އެރުވިޔަ ނުދީ ފޮނުވާލާފައެވެ. އެއްމެ ފަހުން މިތަށި އެރުވިޔަ ނުދީ ފޮނުވާލާފައިވަނީ ގދ.ގައްދޫ އާއި ވާދޫގެ ރައްޔިތުންނެވެ.

ސާފް ޗެމްޕިއަން ތަށި މީދޫއަށް ގެންނަ ރަސްމިއްޔާތުގެ އެއްމެ ފަހުގެ ޚަބަރުތައް މީދޫ ވީކްލީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

އޮގަސްޓް 03، 2008: ހަސަން ޝާހިދު

ސާފް ޗެމްޕިއަންޝިޕް ތަށި މީދޫއަށް އެރުވުމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އައްޑު އަތޮޅު އަތޮޅުވެރިޔާއާއި މީދޫގެ އިސް ބޭފުޅުންކޮޅެއް އިއްޔެރޭ ބައްދަލުކޮށްފެިއެވެ. ޝަރީފީ ޕްރީސްކޫލަށް 14 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުން ބޭއްވި ޚާއްސަ ޖަލްސާއަށް ފަހު އެސްކޫލު ކުލާސްރޫމުގައި ބޭއްވި މިބައްދަލުވުމުގައި ރަށުގެ ވަރަށް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމަކީ ކުރިން ހަމަޖެހިގެން ބޭއްވުނު ބައްދަލުވުމެއް ނޫނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަނީ މީދޫއަށް ސާފު ޗެމްޕިއަންޝިޕް ތަށި އެރުވުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. ޚާއްސަކޮށް ތަށި ހިފައިގެން މިކުރާ ދަތުރަކީ ސިޔާސީ ބޭނުމަކަށްޓަކައި ޑީ.އާރު.ޕީން ކުރާ ދަތުރެއްކަމަށް ބުނެ އެކަން ހުއްޓުވުމަށް އަތޮޅުވެރިޔާއަށް ދެންނެވިއެވެ. މިކަމަށް ރައްދު ދެއްވަމުން އަތޮޅުވެރިޔާ ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރާ ކަމެއްކަމަށާއި އަތޮޅު އޮފީހާއި ގުޅުން އޮތްކަމެއް ނޫންކަމުގައެވެ. އެހެން ކަމުން އެދަތުރު ހުއްޓުވުމަކީ އަތޮޅު އޮފީހުން ކުރެވޭނެ ކަމެއް ނޫންކަމުގައި އަތޮޅުވެރިޔާ ވިދާޅުވިއެވެ.

ތަށި ހިފައިގެން އަތޮޅުތަކަށް މިކުރާ ދަތުރުގެ މަގްސަދަކީ ކޮބައިތޯ އަތޮޅުވެރިޔާ އާއި މީދޫ ވީކްލީގެ ރިޕޯޓަރު ސުވާލުކުރުމުން ވިދާޅުވީ ޓީ.ވީ.އެމް އިން ކުރި އެސް.އެމް.އެސް ސާވޭ އަކުން 85% ބޭފުޅުން (އެސް.އެމް.އެސް) ބޭނުންވަނީ ތަށީގައި ބީހިލުމުގެ ހައްގަކީ ރާއްޖެތެރޭ މީހުންނަށްވެސް އޮތް ހައްގެއް ކަމަށް ފެންނާތީވެ، ކުރާ ދަތުރެއްކަމަށެވެ.

ރާއްޖެތެރޭގެ މީހުންނަށް ލިބެންޖެހޭ ގިނަ ގުނަ ހައްގުތަކެއް ފޯރުކޮށް ދެވިފައި ނުވާއިރު ހަމައެކަނި ތަށީގައި އަތްލުމުގެ ހައްގު ހޯއްދަވައި ދެއްވަން ޓީ.ވީ.އެމުން ކުރި ސާވޭއަކަށް ބައްލައިގެން މިކުރާ ދަތުރުގެ ހަގީގީ މަގްސަދާއި މެދު ސުވާލު އުފެދެއެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް އުނިވެގެން އުޅެނީ ހަމައެކަނި ތަށީގައި ބީހިލުމުގެ ހައްގެއް ނޫނެވެ. ސާފު ބޯފެން ލިބުމުގެ ހައްގަކީވެސް ހަމަ އެކަނި މާލޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭންޖެހޭ ހައްގެއް ނޫނެވެ. ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމަކީ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ލިބިދޭންޖެހޭ ހައްގެކެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަތޮޅުތަކާއި މާލޭގެ ތަފާތު ކުޑަކުރުމަށް ފެންނަނީ ކިތައް މީހުންނަށްތޯ ބެލުމަށް ސާވޭ ކުރަން ޓީ.ވީ.އެމް އަށް ނޭގެނީ ކީއްވެގެން ހެއްޔެވެ؟

މީދޫއަށް ތަށި އެރުވުމާއި ބެހޭގޮތުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ޚަބަރުގައި ކަތީބު އަބުދުﷲ ރަޝީދު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަ ގެނެސްދެވިފައިވަނީ މުޅިން ރަނގަޅަށް ނޫންކަމަށް ބުނެ އިއްޔެ ހަވީރު އަބްދުﷲ ރަޝީދު ވަނީ މީދޫ ވީކްލީއަށް އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. ރަޝީދު ވިދާޅުވީ ތަށި ރަށަށް އެރުވުމަށްފަހު ހިނގާފާނެ ހަމަނުޖެހުމެއް ހުއްޓުވަން އުދަގޫވާނެ ކަމަށާއި އެހެންކަމު އެފަދަ ހަމަނުޖެހުމަކަށް ނުދިއުމަށްޓަކައި ރަށަށް ތަށި ނުގެނެސް ވޭތޯ މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ.

މާދަމާ މިއަތޮޅަށް ސާފް ޗެމްޕިއަންޝިޕް ތަށި އަންނައިރު މި ތަށި މީދޫއަށް ނުގެނައުމަށް އެދި ރަށުގެ އެކި ފަރާތްތަކުން ފޮނުވާފައިވާ މެސެޖްތައް މީދޫ ވީކްލީއަށް ވަނީ ލިބިފައެވެ. ނޫހަށް އެއްމެ ފަހު ލިބުނު މެސެޖްގައި ޝިހާމު ކިޔާ ބޭފުޅަކު ބުނެފައިވަނީ “މީދޫއަށް ތަށި އެއްވެސް ހާލާކި އެރުވިގެން ނިވޭހެއް. އެކަމާއި ކަނޑައެޅިގެން މަ ދެކެޑެ” މިހެންނެވެ.

« Previous PageNext Page »