ސުރުޚީގައި އެވަނީ ސުވާލެކެވެ. މި ސުވާލަކީ ރަށުގެ ވަރަށް ގިނަބަޔަކު އެކަކު އަނެކަކާ ކުރަމުން އަންނަ ސުވާލެކެވެ. ބައެއް މީހުންނަށް ސުވާލުގެ ޖަވާބު އެގިނުލައްވާނެއެވެ. އަނެއްބައި މީހުންނަށް މި ސުވާލުގެ ޖަވާބު އެގުނަސް ހާމައެއް ނުކުރާނެއެވެ. އެކި ސަބަބުތަކާހެދި ސިއްރުކުރަން މަޖްބޫރުވެގެންނެވެ. ހަމަ ޔަގީނުންވެސް ޖަވާބު އަޅުގަޑަކަށް ނޭގެއެވެ. އެގޭނަމަ ސުވާލުކުރުމުގެ ބަދަލުގައި ސުރުޚީގައި ޖަވާބު ލިޔާނަމެވެ. އެއަށްފަހު ޖަވާބު ހޯދިގޮތްވެސް ހާމަކުރާނަމެވެ. ހިތާމައަކީ އަޅުގަޑަށް ޖަވާބު ނޭގުނުއިރު އެގޭމީހުން އެކަން ސިއްރުކުރާތީއެވެ.<އިތުރަށް ވިދާޅުވެ ޚިޔާލު ފާޅުކުރެއްވުމަށް>