އޮގަސްޓ 11، 2008: އައްޔަ

އެއްދުވަހު ހަވީރު އަޅުގަނޑުގެ ރައްޓެއްސެއްކަމަށްވާ މުޙައްމަދުއާއި އެކު ރަށުތެރޭގައި ބުރެއް ޖެހުމަށް ސައިކަލުގައި ނުކުތީމެވެ. އަޅުގަނޑުމެން ދެމީހުން ދުއްވަމުން ދުއްވަމުންގޮސް ކޮފީއެއް ބުއިމަށްޓަކައި ރަށުގެ ކުޑަކުދިންގެ ޕާރކުގެ ހުޅަގުން ހުރި “ވިޝްޕޮއިންޓް” ކިޔާތަނަކަށް ވަދެ ދެކޮފީގެނެސްދިނުމަށް ވޭޓަރުކާއީގައި ބުނީމެވެ. ވަރަށް އުފަލުން ދެމީހުން އޮލަވާހަކަ ދައްކަމުން އިސާހިތަކު ކޮފީބޮއެނިންމައި ފައިސާ ދިނުމަށްފަހު ރަށުތެރެއަށް މިސްރާބުޖެހީމެވެ. އަޅުގަނޑުމެން ދެމީހުން ދަމުންގޮސް ބޮޑުމަގުގެ ބުރުކާރިއަށް މަޑުކުރީމެވެ. އޭރުގަޑިން ހަވީރު 5.45 ކެވެ. އަޅުގަނޑު ވަރަށް ރަގަޅަށް ބުރުކާރީގައި ހުރެގެން ރަށުގެ ހަތަރުފަރާތަށް ކަޅި ހިންގާލީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ހަތަރު އުދަރެސް ބެދެނީއެވެ. އަނެއްކޮޅުން ވައި ގަދަވެ ގުގުރާން ފަށައިފިއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. އަވަސްއަވަހަށް މުޙައްމަދުގެ ގެއަށް ދިއުމަށް ދެމީހުން އަވަސްވެގަތީމެވެ. މުހައްމަދުގެ ގެއާއި ހަމަވިތަނާ ވަރަށްބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ދެމީހުންވެސް މުހައްމަދުގެ ގެކަމަށްވާ ‘ސޯނަމީ”އަށްވަނީމެވެ. އެގެއަށްވަދެ އިށީންތަނުން ކަމަކުދާކަށްނެތެވެ. އެހެރައައި އަންހެންކުއްޖެއްގެ ރީތިކަމުންނެވެ. ފުރިހަމަކަމުންނެވެ. އިތުރަށްވިދާޅުވެ ކޮމެންޓް ކުރެއްވުމަށް