އޮގަސްޓް 09، 2008: ހަސަން ޝާހިދު
ސާފް ޗެމްޕިއަންޝިޕް ތަށި މިއަދު މެންދުރުފަހު މީދޫއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް ރަށުތެރޭގައި ޚަބަރު ފެތުރިފައިވަނިކޮށް ތަށި ހިފައިގެން ހުޅުދޫއަށް އައި ޓީމު 12:31 ގައި ގަމަށް ފުރައިފިއެވެ. ސާފް ޗެމްޕިއަން ތަށި މީދޫއަށް ނުގެންގޮސް ފުރައިގެން ދިޔައީ ކީއްވެގެންކަމެއް ތަށި ހިފައިގެން އައި ޓީމުން ހާމައެއް ނުކުރެއެވެ. ރަށުތެރޭގެ ޚަބަރުތަކަށް ބަލާއިރު ތަށި މީދޫއަށް ނުގެންގޮސް ފުރައިގެންދިޔައީ މީދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތަށި ގެންދިއުމާއި ދެކޮޅުހަދާފައިވާތީއެވެ. ތަށި މީދޫއަށް ގެނައުމާއި ދެކޮޅުހަދައި ރަށުގެ ވަރަށް އިސްބޭފުޅުން ހިމެނޭ ޓީމަކުންވަނީ މި އޮގަސްޓް މަހު 2 ވަނަދުވަހުގެ ރޭ އަތޮޅުވެރިޔާއާއި ބައްދަލުކޮށް ނުރުހުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރަށްކުރިއަރުވާ ކޮމެޓީންވެސްވަނީ މީދޫއަށް ތަށި ގެނައުމާއި ދެކޮޅުހަދާފައެވެ. އެހެންކަމުން މީދޫއަށް ތަށި ގެނައުން ވާނީ ހަމަނުޖެހުމަކަށް ހުޅުވާލެވޭ ފުރުސަތަކަށެވެ.
12:31 ތަށި ހިފައިގެން އައި ޓީމު ހުޅުދުން ފުރައިފި.
ދާދި ދެންމެއަކު ސާފު ޗެމްޕިއަންޝިޕް ތަށި ހުޅުދުއަށް ގެނެސްފިއެވެ. ތަށި ހުޅުދުއަށް ގެނައުމާއި ގުޅިގެން އެއްވެސް ކަހަލަ ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައިނުވެއެވެ. ވަރަށް އޮމާންކަމާއެކު ހުޅުދޫގެ ރައްޔިތުން ތަށި ހިފައެގެން އައި ޓީމަށް މަރުހަބާކިޔައި، ތައްޓާއެކު ފޮޓޯނަގަމުންދާކަމަށް ހުޅުދޫގައި މިވަގުތު ހުންނެވި މީދޫ ވީކްލީގެ ރިޕޯޓަރު ޚަބަރު ދެއްވައެވެ.
August 13, 2008 at 7:50 am
oh!so unfair.if they brought to other islands so it must be in meedhoo too