އޮގަސްޓް 10، 2008: އައްޔަ
އެފްއޭއެމްގެ ޤަވާއިދުތަކާއި އުޞުލުތަކާއި ޚިލާފަށް ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީކެމްޕޭން ރަސްމީގޮތުން ފެއްޓުމަށްޓަކައި 2008 އޮގަސްޓް 8 ވަނަ ދުވަހުގެރޭ މާލޭ އަލިމަސްކާނިވަލުގެ ސްޓޭޖުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޤަޢުމީޓީމުގެ ނަމުގައި ބައިވެރިވި ދިވެހި ޤަޢުމީ ފުޓްބޯޅަޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅާނެކަމަށް އެފްއޭއެމްގެ ޗެއަރމަން އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އަލީއާޒިމް މިގޮތަށް ވިދާޅުވީ ޑީއާރުޕީގެ ކެމްޕޭން ހަފްލާގައި ޤަޢުމީޓީމްގެ ނަމުގައި ކެޕްޓަން އައްސަދުއަބްދުލްޤަނީއާއި މެނޭޖަރ މުހައްމަދުހާނިމް ވާހަދަ ދައްކަވާފައިވާތީއެވެ. މިގޮތުން މެނޭޖަރުގެ ވާހަކައިގައި ބުނެފައިވަނީ މިކެމްޕޭން ކާމިޔާބު ކުރުމަށްޓަކައި ޤައުމީޓީމް އޮތީ ޑީއާރުޕީއާއިއެއްކޮށްކަމަށެވެ. މިރަސްމިއްޔާތަށް ޤަޢުމީޓީމުން ޙާޟިރުވިގިނަ ކުޅުންތެރިންނަކީ ނިއުރޭޑިއަންޓާއި ވެލެންސިއާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
