އޮގަސްޓް 05، 2008: ހަސަން ޝާހިދު

މި މައުސޫމު ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ

ގުދުރަތުގެ ނިޔާ ތަގްދީރު ކުރިގޮތުން މިއަދު އައިޝާވަނީ އަޅުގަޑުމެން އެއްމެންގެ އެހީތެރިކަން ނިހާޔަތައް ބޭނުންވެފައެވެ. އެ މައުސޫމު ތުއްތު ކުއްޖާ އަޅުގަޑުމެންނާއި ދުރުގައި، އިންޑިއާގެ ޓްރެވިންޑްރަމްގެ އާރު.ސީ.ސީ ގެ ބަލި އެނދުގައި ދުވަސްތައް  ގުނަމުން އެގެންދަނީ އަޅުގަޑުމެންގެ އެހީތެރިކަމަށް އެދެމުންނެވެ. އައިޝާއަކީ ހަމަ އަޅުގަޑުމެންފަދަ އިންސާނެކެވެ. ހަމަ މި މީދޫ އެދަރިއަކަށްޓަކައި ފަޚްރުވެރިވާ ދަރިއެކެވެ. ހަމަ އެކަނި ތަފާތަކީ އައިޝާއަކީ ކެންސަރާއި ހަނގުރާމަކުރަމުންދާ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ވީކަމެވެ.

ޓްރެވިންޑްރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުން އައިޝާއަށް 4 އަހަރުވަންދެން ފަރުވާ ދިނުމަށްފަހު އެސްންޓަރުން މިހާރު  ލަފާދީފައިވަނީ ވެއްލޫރަށް އައިޝާ ގެންދިއުމަށެވެ. ނަމަވެސް މިކަމަށް ވަރަށްގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ މިކަމުގައި އަޅުގަޑުމެން އެއްމެންގެ އެހީތެރިކަން ބޭނުންވެއެވެ. ބަލި އެނދުގައި ދުވަސްތައް ގުނަމުން ދިޔަކަމުގައިވިޔަސް މި މައުސޫމު ކުއްޖާގެ ހިތުގައިވެސް އުއްމީދުގެ ވިންދު ޖަހާނެއެވެ. އެހެންކަމުން މިއުއްމީދު އިތުރަށް އާކޮށް ދިނުމުގެ ގޮތުން މީދޫ ވީކްލީއާއި Oº°‘¨§•Mêëðhøø¨‘°ºO   ފޭސްބުކް ގްރޫޕުން މިފަށާ މަސައްކަތުގައި އައިޝާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ. ތިޔަފަރާތުން ވެދެއްވާ އެއްމެ ރުފިޔާއަކީވެސް އައިޝާއަށް ޓަކައި ދެވޭ ދީލަތި އެހީއެކެވެ. އިންސާނިއްޔަތައްޓަކައި މިފަދަ ބަލި ކުދިންނަށް އެހީތެރިވެދިނުމަކީ އުފަލަކަށް ހަދައްވާށެވެ.

ހެލްޕް ޓް އައިޝާ ފޭޖް