ޑީއަރްޕީގެ ކޮންގްރެސްއަށް މިފަހަރު ފޯއްމުލަކުން މާލެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެރަށު ހޯދަޑު އަވަށުގެ ފޯއްމުލަކު ގޮފީގެ ނައިބުރައީސް ޏ. ފޯއްމުލަކު ބީހަނީގޭ މުޙައްމަދު މުސްތަފާ، 30 ކޭސް ބިއަރާއި 60 ފުޅި ބަނގުރަލާއެކު ރަށަށްވަޑައިގެންފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މިހާރު މީނާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިއަދު ފޯއްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނުވުނު ބަނގުރަލުގެ ތެރޭގައި 717 ދަޅު ބިޔަރާއި 60 ފުޅި ވިސްކީއާއި ވޮޑުކާ ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފޯއްމުލަކުގެ ބައެއް ޢާއްމު ރައްޔިތުން މަޢުލޫމާތު ދޭގޮތުގައި މިތަކެއްޗަކީ ފުޓްބޯޅަ ތަށި ފޯއްމުލަކަށް ގެންދަންވާއިރަށް އެކަމުގެ އިޙްތިފާލުތަކަށް ގެންގޮސްފައިވާ ތަކެއްޗެވެ. މިތަކެތި ގެންދިއުމުގައި ބައިވެރިވެފައިވާވަނީ ޑީއާރްޕީގެފަރާތުން ފޯއްމުލަކުގައި ޙަރަކާތްތެރިވާ ވަރަށް އިސްފަރާތްތައްކަމަށް ރަށުގެ ވަރަށްގިނަ ރައްޔިތުން ތުހުމަތު ކުރެއެވެ. ޚާއްޞަކޮށް ހޯދަޑުއަވަށުގެ ޑީއާރްޕީގޮފީގެ ނައިބު ރައީސާއި، ދާދިފަހަކުން ޑީއާރްޕީގެ ސިޔާސީ ފެންޑާގައި ފެނިފައިވާ ބޭފުޅަކާއި، ޑީއާރްޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޯއްމުލަކު ދާއިރާގެ ސަރަޙައްދަކަށް (ފޯއްމުލަކުގެ މެދުތެރޭގެ ސަރަޙައްދަށް) ކުރިމަތިލުމަށް މިހާރު ކެންޕޭން ކުރަމުންގެންދާ މީހެއްކަމަށް ފޯއްމުލަކުގެ ޢާއްމު ރައްޔިތުން ބުނެއެވެ.
މިއީ ޒަޢީމުގެ ކަމަރުބަނުމަށް ފޯއްމުލަކުން އައިވަފުދަށް ލިބިފައިވާ ހިތްވަރު ދިނުމުގެ އިނާމެއް ނޫންބާވައެވެ؟ އެހެނީ ރާއްޖެއިން ޑްރަގްގެ ކަންތައް ހަތަރު މަސްދުވަހުގެ ތެރޭގައި މުޅިން ނައްތާލާނެކަމަށް ވިދާޅުވިތާ މާގިނަދުވަހެއްނުވެ، ކަނޑުއަޑީން ކޮންޓޭނާއެއްގެ ޑްރަގް ފެނިފައިވެއެވެ. އަދި އެއަށްފަހު މާލެއިން އާދަޔާ ޚިލާފަށް ގިނައިން ބަނގުރަލާ މަސްތުވާތަކެތި ފުލުހުން ހޯދާފައިވެއެވެ. ކުޑަކުދިންނާ ޒުވާނުން މިކަމުގައި ދެވިހިފައިފައިވާ މިންވަރު، ޒަޢީމު މިހެން ވިދާޅުވުމަށްފަހު އިތުރުވެފައިވާކަމަށް ޕޮލިސް ރިޕޯޓްތަކުން ހާމަވެއެވެ.
ފޯއްމުލަކުން މަޢުލޫމާތު ލިބޭގޮތުގައި ރަށުގައި އުޅޭ ޕާޓޭ ފާޑުކުދިން ބުނާގޮތުގައި މިކަން އެރަށުން ހުއްޓުވާލުކަމީ ކުރެވޭނޭ ކަމެއްނޫނެވެ. އެމީހުން ބުނާގޮތުން މިކަމުގައި ވަރަށް ބާރުގަ ފަރާތްތަކެއް އެމީހުންނަށް އެހީތެރިވާކަމަވެއެވެ. މާލޭގެ ހަރުކުލައިގެ މުސްކުޅިން ބުނާގޮތުގައި މަސްތުވާތަކެއްޗާއި، ބަނގުރަލާ ނާސިގެ ހިންގުމުގައި އިސްކޮށް އުޅޭފަރާތްތަކަކީ މިއަދުގެ ސަރުކާރުން ޙިމާޔަތްކޮށްފައިވާ ދަރިކޮޅެއްގެ ބައެކެވެ. އެބައިމީހުންނަށް ގޯނާކުރުމާ ހިފާހައްޔަރުކުރުމަކީ ވަރަށް ސަރުކާރުން ވަރަސް ނުރުހޭކަމެކެވެ.
