މީދޫއަށް ނިސްބަތްވާ 2 ޖަމިއްޔާ މިހާރުވެސް އޮތްއިރު އަނެއްކާވެސް އިތުރު ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ހިނގަމުންދާކަމުގެ ޚަބަރު މިނޫހަށްވަނީ ލިބިފައެވެ. މިކަމާއި ބެހޭގޮތުން ޚިޔާލު ހޯދުމަށްޓަކައި މީދޫ ވީކްލީ އިން އިންޓަވިއުކުރި ރަށުގެ ގިނަ ފަރާތްތަކުން ބުނެފައިވަނީ ރަށަށް އިތުރު ޖަމިއްޔާއެއް ބޭނުންނުވާކަމަށެވެ. އަދި ބުނެފައިވަނީ އިތުރު ޖަމިއްޔާއެއް އުފެއްދުމަށްވުރެ މިހާރު ރަޖިސްޓްރީ ކުރެވިފައިހުރި ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް އެޖަމިއްޔާތަކަކީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭ ޖަމިއްޔާތަކަށް ހެދުން މުހިއްމުކަމަށެވެ. އަޅުގަޑުމެންނަށް ހީވެފައި އޮންނަނީ ޖަމިއްޔާތަކަކީ ހަމައެކަނި ކުޅިވަރު ކުރިއެރުވުމަށްޓަކައި އުފައްދާފައިހުންނަ ޖަމިއްޔާތައްހެން” ނޫހުގައި ނަންނުޖެހުމަށް އެދި ރަށުގެ އިސްމީހަކު މިނޫހަށްދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރެވިދާނެ ގޮތަކާއިބެހޭގޮތުން ސުވާލު ކުރުމުން ގިނަ މީހުން ބުނެފައިވަނީ ޖަމިއްޔާތަކަށް ރައްޔިތުންގެ އިތުބާރު  މިހާރަށްވުރެ ބޮޑުކޮށްގެން ނޫނީ ޖަމިއްޔާތައް މިއަށްވުރެ ފުޅާނުކުރެވޭނެކަމަށެވެ. އިތުރު ޖަމިއްޔާއެއް ރަށުގައި އުފެއްދުމާއިބެހޭގޮތުން ތިޔަބޭފޅުގެ އެއްވެސް ޚިޔާލެއްވާނަމަ ތިރީގައިވާ Add Comment ޓެބަށް ކްލިކް ކުރެއްވުމަށްފަހު ބޭނުންފުޅުވާ ޚިޔާލެއް ފޮނުއްވާށެވެ. އެހްނޫނީ news@meedhooweekly.com  އަށް ފޮނުއްވަވާ!