މިހާރު ކުޅެވެމުންދާ ސިކްސް-އަ-ސައިޑް ޗެލެންޖް 2008 ގައި އިއްޔެ ކުޅުނު މެޗް ގައި ބައްދަލު ކުރީ މުބާރާތުގައި އެއްމެޗް ކުޅެ 1 ޕޮއިންޓް ލިބިފައިވާ ނެރަވާ ޔުނައިޓެޑް އާއި 3 ޕޮއިންޓާއެކު ޓޭބަލްގެ 2 ވަނަ ހޯދާފައިވާ އެފް.ސީ ރުއްކުއްލި އެވެ. މެޗްގެ ވަރަށް ކުރީކޮޅު ރުއްކުއްލި ޓީމުގެ ނިޒާރު ގޯލެއްޖަހައި އެޓީމުން ލީޑް ހޯދިނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ އިތުރު ގޯލެއްނުޖެހި 1-0 ރުއްކުއްލި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުޅުންފެށިގެން ދިޔައީ ދެޓީމުންވެސް ވަރަށް ހަމަ ހަމަ ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް މުބާރާތުގެ މިހާތަނަށް އެއްމެ ގިނަ ގޯލްޖަހާފައިވާ ކުޅުންތެރިޔާ ރުއްކުއްލި ޓީމުގެ އަބްދުﷲ ދީދީ (އިއްކުލާ) ދެވަނަހާފުގެ 11 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ނެރަވާގެ ކުޅުން ކޮންމެވެސްވަރަކަށް ހީނަރުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. މި މެޗްގައި ނެރަވާ ޓިމުން ޖެހި ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ނެރަވާގެ ކެޕްޓަން ފައިސަމްއެވެ. މެޗް ނިމިގެންދިޔައީ ރުއްކުލިން އިތުރުގޯލެއްޖަހައި 4-1 ގެ ނަތީޖާއިންނެވެ. މެޗް ނިމެން އެއްމެ 3 މިނެޓަށްވެފައި ހުއްޓާ މިގޯލް ރުއްކުއްލިއަށް ކާމިޔާބު ކޮށްދިނީ ރަޝީދު (ރައްޓޭ) އެވެ. މި މެޗްގެ މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރުއްކުއްލިގެ ނިޒާރު އަހުމަދުއެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ އެފް.ސީ ސުރިއޮރި އާއި ބޮކަރ ސޮކަރ އެވެ. މި ދެޓިމުންވެސް ވަނީ މިހާތަނަށް އެއްމެޗްކުޅެފައެވެ. ބޮކަރ ސޮކަރ ވަނީ މުބާރާތުގެ 2 ވަނަ މެޗްގައި ނެރަވާ ޔުނައިޓެޑާއި ކުޅެގެން އެއްވަރުކޮށް އެއްޕޮއިންޓް ހޯދާފައެވެ. ސުރިއޮރި ޓީމު ކުޅުނު މެޗްގައި ރާފަޅާއި ބައްދަލުކޮށް ބަލިވެފައިވުމުގެ ސަބަބުން އެޓީމަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ. އެހެންކަމުން މި މެޗަކީ ސުރިއޮރި ޓީމަށް ވަރަށް މުހިއްމު މެޗެއްކަމަށް އެޓީމުގެ ކެޕްޓަން މުޖުތަބާ (ކުއްޑާ) މީދޫ ވީކްލީއަށް ދެއްވި އިންޓަވިއުގައި ހާމަކުރިއެވެ. ސުރިއޮރި ޓީމުގެ މުހިއްމު 2 ކުޅުންތެރިން ރަށުން ބޭރުގައި ވުމާއެކު އެޓީމުގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން އިތުރު ދެކުޅުންތެރިން ހޯދުމަށް އޮގަނައިޒިންގ ކޮމެޓީން އެޓީމަށްވަނީ ފުރުސަތު ދީފައެވެ. ޚަބަރު ލިބިފައިވާގޮތުން އެޓީމަށް ގެންނަ ދެކުޅުންތެރިންނަކީ މަޝްހޫރު މުހުއްމަދު ރަޝީދު (މުހައްމާއްބޭ) އާއި ނާސިފު އެވެ. މިއަދުގެ މެޗް ކުޅުމަށްޓަކައި މުހައްމަދު ރަޝީދު މިއަދު ހެނދުނުގެ ވަގުތެއްގައި ރަށަށް އައުމަށް ހަމަޖެހިފައިވާކަމަށް މީދޫ ވީކްލީއަށް ޚަބަރު ލިބިފައިވެއެވެ.

ފޮޓޯ އަލްބަމް އަޕްޑޭޓް ކުރެވިފައި

ޑައުންލޯޑް:

މެޗް ޝެޑިއުލް

ޕޮއިންޓް ޓޭބަލް