
ސ.ހުޅުމީދޫ ޞިއްޙީ މަރުކުޒުގެ އާ އިމާރާތް ހެލްތް މިނިސްޓަރު އިލްޔާސް އިބްރާހިމް ހުޅުވާދެއްވައިފި. މިއަދު މިހުޅުވުނު ސ.ހުޅުމީދޫ ޞިއްޙީ މަރުކުޒުގެ އާއިމާރާތުގެ ނަން މާދަމާއިން ފެށިގެން “ޞިއްޙީ މަރުކަޒު” ގެ ނަމަށް ބަދަލުވާނެކަމަށް މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ހުޅުދޫ އޮފީހުގެ އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައި ނުގަނެއެވެ. އަދި މިރަސްމިއްޔާތަށް ދައުވަތު އެރުވުނު އެރަށުގެ އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވެއެވެ. ޚަބަރު ލިބޭ ގޮތުން މީދޫގައި މި އިމާރާތް ހުޅުވުމުން ހުޅުދޫގެ ރައްޔިތުންވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.