
މީދޫ ސީނިއަރ ކުޅުންތެރިން އިސްނަގައިގެން ކުރިއަށްގެންދާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ބައްދަލުކުރީ އެފް.ސީ ރުއްކުއްލި އާއި އެފް.ސީ ވާރިއެވެ. މި މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވީނަމަވެސ ގިނަ ހަމަލާތައް އުފައްދާފައިވަނީ ރުއްކުއްލި ޓީމުންނެވެ. ރުއްކުއްލި ޓީމުގެ ވާތްފަރާތު އަރިމަތިން ކުޅެމުންދިޔަ އިއްކޫއަށް ލިބޭ ކޮންމެ ބޯޅައެއް ވެގެންދަނީ ވާރީ ޓީމުގެ ގޯލަށް އަމާޒުވެގެންދާ ނުރަށްކަލަކަށެވެ. ނަތީޖާއެއްގެ ގޮތުން ހާފް ނިމެންދަނިކޮށް އިއްކޫ ފޮނުވާލި ހަމަލާއެއް ރުއްކުއްލި ގޯލަށް ވަދެގެން މެޗްގެ ލީޑް ރުއްކުލިން ހޯދިއެވެ. އޭގެ 5 މިނެޓް ފަހުން ވާރި ޓީމުގެ ކެޕްޓަން ސައިއްޓޭ ގޯލެއް ޖަހައި ނަތީޖާއެއްވަރުކުރިއެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން ރުއްކުއްލިގެ އިއްކޫ ގޯލެއްޖަހައި ދެވަނަފަހަރަށް އެޓީމަށް ލީޑް ހޯދައިދިނެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނު އިރު ވާރި ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން ފާހަގަ ކުރެވުނެވެ.