Monday, July 7th, 2008


މީދޫ ސީނިއަރ ކުޅުންތެރިން އިސްނަގައިގެން ކުރިއަށްގެންދާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ބައްދަލުކުރީ އެފް.ސީ ރުއްކުއްލި އާއި އެފް.ސީ ވާރިއެވެ. މި މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވީނަމަވެސ ގިނަ ހަމަލާތައް އުފައްދާފައިވަނީ ރުއްކުއްލި ޓީމުންނެވެ. ރުއްކުއްލި ޓީމުގެ ވާތްފަރާތު އަރިމަތިން ކުޅެމުންދިޔަ އިއްކޫއަށް ލިބޭ ކޮންމެ ބޯޅައެއް ވެގެންދަނީ ވާރީ ޓީމުގެ ގޯލަށް އަމާޒުވެގެންދާ ނުރަށްކަލަކަށެވެ. ނަތީޖާއެއްގެ ގޮތުން ހާފް ނިމެންދަނިކޮށް އިއްކޫ ފޮނުވާލި ހަމަލާއެއް ރުއްކުއްލި ގޯލަށް ވަދެގެން މެޗްގެ ލީޑް ރުއްކުލިން ހޯދިއެވެ. އޭގެ 5 މިނެޓް ފަހުން ވާރި ޓީމުގެ ކެޕްޓަން ސައިއްޓޭ ގޯލެއް ޖަހައި ނަތީޖާއެއްވަރުކުރިއެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން ރުއްކުއްލިގެ އިއްކޫ ގޯލެއްޖަހައި ދެވަނަފަހަރަށް އެޓީމަށް ލީޑް ހޯދައިދިނެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނު އިރު ވާރި ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން ފާހަގަ ކުރެވުނެވެ.

އިތުރަށް ވިދާޅުވުމަށް.. .

ސިކްސް-އަ-ސައިޑް ޗެލެންޖް 2008 ގައި އިއްޔެ ދެމެޗް ކުޅެވުނެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ކުރީގެ މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމު ކަމަށްވާ ނެރަވާ ޔުނައިޓެޑްއާއި ބޮކާރ ސޮކަރ ކުލަބެވެ. މެޗްފެށުމުގެ ކުރިން ދެޓީމުންވެސް ވަނީ ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މި ދެޓީމުގައިވެސް ކުރީގެ ތަޖްރިބާކާރު ކުޅުންތެރިންތަކެއް ތިބުމާއެކު ކުޅިބެލުންތެރިންނަށް މި މެޗް ވެގެންދިޔައީ ވަރަށް ފޯރިގަދަ މެޗަކަށެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން ދެޓީމުންވެސް ވަރަށް ވަރުގަދައަށް ކުޅެމުންދިޔައެވެ. މި މެޗްގެ ފޯރި އިތުރުވެގެންދިޔައީ ބޮކަރ ސޮކަރގެ މަޝްހޫރު ކުޅުންތެރިއާ އަޝްރަފު ނެރަވާގެ ގޯލު ފޫއަޅުވާލުމުންނެވެ. މި ގޯލުގެ ސަބަބުން ނެރަވާގެ ކުޅުން އިތުރަށް ވަރުގަދަކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއްޖަހައި އެއްވަރުކުރިއެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ކުރީގެ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށްވާ ލުތުފީ (ލުއްޑާ) އެވެ. ޚަބަރު ލިބިފައިވާގޮތުން މި ގޯލަކީ 14 އަހަރަށްފަހު މުބާރާތެއްގައި ލުއްޑާ ޖެހި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފް 1-1 އެއްވަރުވެގެން ނިމުމުން  މެޗްގެ ސްކޯ ނިމިގެންދާނެގޮތް ބެލުމަށްޓަކައި ސަޕޯޓަރުންނަށް އިތުރަށް 30 މިނެޓްގެ އިންތިޒާރެއް ކުރަންޖެހުނެވެ. ފޯރިގަދަ ދެވަނަ ހާފުގެ ކުޅުން ފެށިގެން އިރުކޮޅެއްނުވަނީސް ބޮކާރ ސޮކާރގެ 13 ނަންބަރު ޖާޒީގައި ކުޅުނު މުއްސަދު ގޯލެއްޖަހައި ދެވަނަ ފަހަރަށް މެޗްގެ ލީޑް ހޯދިއެވެ. ނަމަވެސް އޭގެ 15 މިނެޓް ފަހުން ނެރަވާގެ އުނައިސް ގޯލެއްޖަހައި މެޗްގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. 2-2 ން އެއްވެރުވެގެން ނިމުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޮކަރ ސޮކަރގެ ކެޕްޓަން ޖާޒީ ނަމްބަރު 69 އިބްރާހިމް އަޝްރަފު އެވެ.

އިތުރަށް ވިދާޅުވުމަށް.. .

ސ.ހުޅުމީދޫ ޞިއްޙީ މަރުކުޒުގެ އާ އިމާރާތް ހެލްތް މިނިސްޓަރު އިލްޔާސް އިބްރާހިމް ހުޅުވާދެއްވައިފި. މިއަދު މިހުޅުވުނު ސ.ހުޅުމީދޫ ޞިއްޙީ މަރުކުޒުގެ އާއިމާރާތުގެ ނަން މާދަމާއިން ފެށިގެން “ޞިއްޙީ މަރުކަޒު” ގެ ނަމަށް ބަދަލުވާނެކަމަށް މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ހުޅުދޫ އޮފީހުގެ އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައި ނުގަނެއެވެ. އަދި މިރަސްމިއްޔާތަށް ދައުވަތު އެރުވުނު އެރަށުގެ އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވެއެވެ. ޚަބަރު ލިބޭ ގޮތުން މީދޫގައި މި އިމާރާތް ހުޅުވުމުން ހުޅުދޫގެ ރައްޔިތުންވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.

އިތުރަށް ވިދާޅުވުމަށް.. .

 

ހަސަން ޝާހިދު

2006ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައިވާގޮތުން ސ.އަތޮޅުގައި އިގްތިޞާދީގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެގިނައީ މީދޫގައެވެ. އެއީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތައެވެ. މިނަތީޖާއާއި މީދޫގެ ތަރަށްގީއާ ކޮންމެވެސް ގުޅުމެއްވާނެކަން ޔަގީނެވެ. ނަމަވެސް ސުވާލަކީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތަ މީހުން ވަޒީފާ އަދާކުރާ ރަށެށްގެ ކުލަވަރު މީދޫއިން ފެނޭހެއްޔެވެ؟ މިސުވާލުގެ ޖަވާބު ކޮންމެ ގޮތަކަށްދެއްވިޔަސް އަޅުގަޑުމެންގެ މުޖުތަމައުން މިހާރު ފެންނަމުން މިދާ މަންޒަރު ތަކަކީ ތަރަށްގީ މާނަކުރުމުގައި ވިސްނާލަންޖެހޭ ކަންތައްތަކެވެ.

އިތުރަށް ވިދާޅުވުމަށް…